Last Updated: June 17, 08:20
Tuesday, June 17, 2025
މުނިފޫހިފިލުވުން

'ސްކްއިޑް ގޭމް' ނިންމާލުމާ ދިމާއަށް

ނެޓްފްލިކްސްގެ މަގުބޫލު ސީރީޒް "ސްކްއިޑް ގޭމް" ގެ ނިންމައިލުމާ ދިމާއަށް މިސްރާބު ޖަހާފައިވާ އިރު، ތިން ވަނަ ސީޒަންގެ އެންމެ ފަހު ޓްރެއިލާ އާންމުކޮށްފި އެވެ.

މި ސީޒަން ޕްރީމިއާކުރަން ހަމަޖެހިފައި ވަނީ މި މަހުގެ 27 ގަ އެވެ.

ދެކުނު ކޮރެއާ އިން ސަވައިވަލް ތުރިލާއެއްގެ ގޮތުގައި ގެނެސްދޭން ފެށި "ސްކްއިޑް ގޭމް" ވެފައި ވަނީ ނެޓްފްލިކްސްގައި މިހާތަނަށް އެންމެ ގިނަ ބަޔަކި ބެލި ސީރަޒަށެވެ. މީގެ ފުރަތަމަ ސީޒަން 9 އެޕިސޯޑާ އެކު ގެނެސްދިނީ 2021 ގަ އެވެ. އަދި 6 އެޕިސޯޑާ އެކު ދެވަނަ ސީޒަން ގެނެސްދިނީ މިދިޔަ އަހަރު އެވެ.

މި މަހުގެ 27 ގައި ޕްރީމިއާ ކުރަން ހަމަޖެހިފައިވާ ތިން ވަނަ ސީޒަން ނިންމައިލާ އިރު، މި ސީޒަންގައި ކިތައް އެޕިސޯޑް ހިމެނޭ ކަމެއް އަދި ނޭނގެ އެވެ. އެކަމަކު "ސްކްއޮޑް ގޭމް" ގެ ފައިނަލް ޓްރެއިލާއ ފެންނަ ގޮތުގައި މިއީ ކުރީގެ ދެ ސީޒަނާ އެއްގޮތަށް ޝައުގުވެރި ވަރަށް ގިނަ ކަންތައްތަކެއް ދައްކުވައި ދޭނެ ސީޒަނެކެވެ.

މި ސީރީޒްގެ ޑައިރެކްޓަރަކީ ހުވަން ޑޮންގް- ހީކް އެވެ. އޭނަ މިހާރު އަންނަނީ "ކިލިން އޯލްޑް ޕީޕަލް ކުލަބް" ކިޔާ ޕްރޮޖެކްޓެއްގެ މަސައްކަތް ކުރަމުންނެވެ.