Last Updated: June 17, 08:20
Tuesday, June 17, 2025
ޚަބަރު

ޑްރަގާ އެކު 60 އަހަރުގެ މީހަކު ހައްޔަރަށް

މަސްތުވާތަކެއްޗާ އެކު 60 އަހަރުގެ މީހަކު ހައްހަރުކޮށްފި އެވެ.

ހުޅުމާލެ އިން ހައްޔަރުކޮށްފައި ވަނީ ހ. މެޑޯސްވީޓް، މާލެ، އަހުމަދު ޢަފީފު، 60، އެވެ.

ފުލުހުން ބުނީ އޭނަ މި މަހުގެ 13 ވަނަ ދުވަހުގެރޭ ހުޅުމާލެ 10 ނަންބަރު ފްލެޓް އޭނާ ހައްޔަރުކުރީ އަމަލުތައް ހުރި ގޮތުން ތުހުމަތުކުރެވިގެން މަޑުކުރަން އެންގުމުން އަތުގައި އޮތް އެއްޗެއް ވައްޓާލިތަން ފުލުހުންނަށް ފެނުމުން ހުއްޓުވައި، އެވަގުތު ހުރި ތަން ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ފަސް ރަބަރު ޕެކެޓް ފެނުމާ ގުޅިގެން ކަމަށެވެ.

މިމައްސަލައާ ގުޅިގެން އަފީފުގެ ބަންދާމެ ދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 10 ދުވަސް ޖަހާފައިވެ އެވެ. އަދި މި މައްސަލަ އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.