ރާއްޖޭގައި އަލަށް 'ޖޫނިއާ ނެޝަނަލް ކެރަމް ޗެމްޕިއަންޝިޕް" ބާއްވަން ނިންމައިފި އެވެ.
ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސީއޭއެމް) އިން އިންތިޒާމުކުރާ މި މުބާތާތް ފަށަން ހަމަޖެހިފައި ވަނީ މި މަހުގެ 26 ގަ އެވެ.
އެހެންވެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 22 ވަނަ ދުވަހުގެ ރޭ 10:00 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. މުބާރާތުގެ ގުރުއަތުލުން އޮންނާނީ 24 ވަނަ ދުވަހުގެ ރޭ 08:00 ގަ މާލޭ ކެރަމް ހޯލުގަ އެވެ.
'ޖޫނިއާ ނެޝަނަލް ކެރަމް ޗެމްޕިއަންޝިޕް" ބާއްވަން ނިންމާފައި ވަނީ ދެ އުމުރުފުރާއަކަށެވެ. އެއ 15 އަހަރުން ދަށާއި 19 އަހަރުން ދަށެވެ. އަދި މުބާރާތް ކުރިއަށް ގެންދާނީ އަންހެން އަދި ފިރިހެން ސިންގަލްސް އިވެންޓުތަކުގެ އިތުރުން ދެ ޖިންސްގެ ޑަބަލްސް އިވެންޓުތައް ވެސް ހިމެނޭ ގޮތަށެވެ.
ސީއެމްއޭ އިން ބުނީ މުބާރާތް ކުރިއަށް ދާނޫ ނޮކްއައުޓް އުސޫލުން ކަމަށެވެ.