Last Updated: June 17, 09:26
Tuesday, June 17, 2025
ޚަބަރު

ސައިކަލެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

ސައިކަލަކާއި އިތުރު ސާމާނުތަކެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި މަހުގެ 13 ވަނަ ދުވަހު މާލެ ޕެޓްރޯލް ކުރުމުގެ ތެރޭގައި އަމަލުތައް ހުރި ގޮތުން ވައްކަންކޮށްގެން އުޅޭ ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރުކުރީ ރ. އަލިފުށި، ހަބީބީހެޕް، އިސްމާޢީލް ސާއިފް، 39 ކަމަށެވެ.

ފުލުހުން ބުނީ އޭނާ އަރައި އިން ސައިކަލުގައި ތަޅުދަނޑި ޖަހާފައިހު ރުމުން އިތުރަށް މައުލޫމާތު ސާފުކުރުމުން އެސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއްކަން އެނގިފައިވާ ކަމަށާއި ބަލައިފާސް ކުރިއިރު ސައިކަލްގެ ވަގަށް މަޑި ދަށުން ވަގަށް ނަގާފައިވާ ގްރިންޑަރަކާއި ސޭންޑަރަކާއި އިތުރު ތަކެތީގެ ސާއިފުގެ އަތުން ފޯނުތަކެއް ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.