ޔޫތު މިނިސްޓްރީން ހިންގަމުން އަންނަ އަންނަ ނެޝަނަލް އެޕްރެންޓިސްޝިޕް (ނެޕް) ޕްރޮގުރާމްގެ ދަށުން މެރިއޮޓް އިންޓަނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި ޕްރޮގުރާމް ހާއްސަކޮށްފައި ވަނީ އޯ ލެވެލް ނުވަތަ އޭ ލެވެލް ފުރިހަމަކޮށްފައިވަ އުމުރުން 16-20 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.
މެރިއޮޓް އިންޓަނޭޝަނަލް އިން މީގެ ކުރިން ވެސް ޒުވާނުންނަށް އެޕްރެންޓިސް ހިންގާފައިވެ އެވެ. އެހެންވެ މި ފަހަރު ވެސް މި ހުޅުވައިލި ފުރުސަތަކީ ޓޫރިޒަމް ދާއިރާ އިން ކެރިއަރެއް ބިނާކުރަން މަގުކޮށައިދޭނެ ޕްރޮގްރާމެކެވެ.
ނެޕްގެ މަގުސަދަކީ މަސައްކަތްތެރިކަމުގެ ދާއިރާގެ ތަމްރީނު ހޯދުމަށް ޝައުޤުވެރިވާ ހުރިހާ އުމުރެއްގެ ދިވެހީންނަށް މަސައްކަތްތެރިކަމުގެ ދާއިރާއިން ސަރުކާރު ޤަބޫލުކުރާ ފެންވަރުގެ ތަމްރީނު ހޯދުމުގެ ފުރުޞަތު ފަހިކޮށް ދިނުމެވެ.
މި ޕްރޮގްރާމް ފުރިހަމަކުރާ ޒުވާނުންނަށް މަސައްކަތްތަކ ގުޅޭގޮތުން ނެޝަނަލް ކޮމްޕިޓެންސީ ބޭސްޑް ޓްރެއިނިންގް ސްޓެންޑާޑް ތަކުގައި ހިމަނާފައިވާ ހުރިހާ ކޮމްޕިޓެންސީއެއް ހާސިލްކުރެވިފައިވޭތޯ ބަލައި، ކަށަވަރުކުރުމަށް ފަހު، ތަމްރީން ފުރިހަމަކުރި ކަމުގެ ޤައުމީ ސަނަދު ދޫކުރާނެ އެވެ.
ނެޕްގެ ދަށުން ތަމްރީނުތައް ކުރިޔަށް ގެންދަނީ މައިގަނޑު ހަ ދާއިރާއަކުންނެވެ. އެއީ ޓޫރިޒަމް، އިމާރާތްކުރުމުގެ ދާއިރާ، އިޖްތިމާއީ ދާއިރާ، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ، އަދި އިންފޮމޭޝަން، ކޮމިޔުނިކޭޝަން ޓެކްނޮލޮޖީ ދާއިރާ އެވެ.