އުއްތަމަފަނޑިޔާރުގެ މަގާމުގައި ހުންނަވާ ބޭފުޅަކު ރިޓަޔާކުރައްވައިފި ނަމަ މަހަކު 70،000ރ. ގެ އެލަވަންސެއް ދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެ އެވެ.
އެ ކޮމިޝަނުން މަޖިލިހަށް ފޮނުވި ސިޓީގައި ވަނީ ރިޓަޔާ ކުރައްވާ އުއްތަމަފަނޑިޔާރަކަށް އެގޮތުން އެލަވަންސެއްގެ ގޮތުގައި މަހަކު 70،000ރ. ރުފިޔާ ދިނުމުގެ އިތުރަށް ހިދުމަތް ކުރި މުއްދަތުގެ ގޮތުގައި ފަނޑިޔާރުކަމުގައި ހޭދަވި މުއްދަތުގެ އިތުރުން މުޅި ދައުލަތަށް ހިދުމަތް ކުރި މުއްދަތު ހިމެނުމަށް ވެސް އެފިފަ އެވެ.
މި ބަދަލު ގެނެސްފި ނަމަ މިހާރު ރިޓަޔަކުރައްވަން ހުށަހަޅުއްވާފައިވާ މިހާރުގެ އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާން ރިޓަޔާކުރައްވުމުން މިހާރު ލިބިވަޑައިގަންނަވަން އޮތް 185،100ރ. ގެ ބަދަލުގައި 493،600ރ. ލިބިވަޑައިގަންނަވާނެ އެވެ.