Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ކޯޓަށް ހާޒިރު ކުރަން ހިތަދޫ މީހަކު ހޯދަނީ

ސިވިލް ކޯޓަށް ހާޒިރު ކުރަން އައްޑޫ ހިތަދޫ މީހަކު ހޯދަން ފުލުހުން މިއަދު އިއުލާންކޮށްފި އެވެ.

ހޯދަނީ ހިތަދޫ ކާކީގޭ، މުހައްމަދު އަމްޖަދު، 43، އެވެ.

ފުލުހުން ބުނީ އޭނަ ހޯދަން އިއުލާންކުރީ ކޯޓަށް ހާޒިރު ކުރުމަށް ބޭނުންވެ ހާޒިރު ކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން އަންނަ ބުދަ ދުވަހުގެ ވަނަ ދުވަހުގެ ހެނދުނު 11:30 އަށް ސިވިލް ކޯޓަށް ހާޒިރުކޮ ށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންން ކަމަށެވެ.

އެހެންވެ އަމްޖަދާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި ހިއްސާކޮށް ދޭން އެދިފައިވެ އެވެ.