މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމަށް ޒަމްއަތު އަހުމަދު ވަހީދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޒަމްއަތު ބްރޯޑްކޮމް މެންބަރުކަމަށް އައްޔަން ކުރަން ފެންނަ ކަމަށް 54 މެންބަރަކު ވޯޓު ދެއްވި އިރު، ނުފެންނަކަމަށް އެއްވެސް މެންބަރަކު ވޯޓު ނުދެއްވަ އެވެ.
ކުރިން ދިވެހި ރާޖްޖޭގެ އަޑުގައި ނޫސްވެރިއެއްގެ ގޮތުގައި މަަސައްކަތްކުރެއްވި ޒަމްއަތަކީ މިހާރު އިސްލާމިކް މިނިސްޓްރީގެ ޗީފް އެގްޒެކެޓިވް އޮފިސަރުކަމުގެ މަގާމު ފުރުއްވަމުންދާ ބޭފުޅެކެވެ.
ބްރޯޑްކޮަމަށް ދެ މެންބަރަކު އައްޔަނު ކުރުމަށް ޓަކައި ދެ ފަހަރަކު އިއުލާންކޮށްފައިވެ އެވެ. އޭގެ ތެރެއިން ފުރަތަމަ އިއުލާނަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން މަޖިލީހުން ރުހުން ދިނީ ޓީވީއެމްގެ ޕްރެޒެންޓަރު މޫސާ ރިލްވާނަށެވެ.
އެއަށްފަހު މިދިޔަ މަހުގެ 12 ގައި ރައީސް ޑޜ. މުހައްމަދު މުއިއްޒު ކޮމިޝަނަށް އައްޔަންކުރަން ހަ ބޭފުޅުންގެ އިތުރު ލިސްޓެއް ފޮނުއްވި އެވެ.