Last Updated: June 18, 09:04
Wednesday, June 18, 2025
ޚަބަރު

ކޮންމެ އަތޮޅަކަށް މަދުވެގެން އެއް ޑަޔަލިސިސް ސެންޓަރު

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ވެސް މަދުވެގެން އެއް ޑަޔަލިސިސް ސެންޓަރު ބެހެއްޓުމަށް ނިންމައިފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ ކިޑްނީ ބަލީގެ ދުވަސް ފާހަގަކުރުމަށްޓަކައި އައިޖީއެމްއެޗްގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އޭނަ ވިދާޅުވީ ކިޑްނީ ފެއިލް ވެފައިވާ މީހުންނަށް ދެވޭ އެންމެ އަސާސީ އެއް ފަރުވާއަކީ ޑަޔަލިސިސްގެ ހިދުމަތަަށްވާތީ =އެ ހިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާ ކުރާނެ ކަމަށެވެ.

އެގޮތުން ކޮންމެ އަތޮޅެއްގައި ވެސް މަދުވެގެން އެއް ޑަޔަލިސިސް ސެންޓަރު ބެހެއްޓުމުގެ މަސައްކަތް ސެޕްޓެމްބަރު މަހުގެ ނިޔަލަށް އަމާޒު ހިފާފައިވާ ކަމަށް ވިދާޅުވި އެވެ.

މި މަސައްކަތުގެ ދަށުން އެންމެ ފަހުން ޑަޔަލިސްގެ ހިދުމަތް ފެށީ މިދިޔަ މަހު މ. މުލީ ރީޖަނަލް ހޮސްޕިޓަލްގަ އެވެ.

ޑަޔަލިސިސްގެ ހިދުމަތް މިހާރު ނުުފެށި އޮތީ ހަ އަތޮޅެއްގަ އެވެ. އެއީ އއ، އދ، ވ ، މ، ފ އަދި ދ. އަތޮޅެވެ.