މަޝްހޫރު ތެލެގޫ އެކްޓަރު ޕްރަބާސް ޑަބަލް ރޯލެއް ކުޅެފައިވާ ހޮރޯ-ކޮމެޑީ "ދަ ރާޖާސާބް" ގެ ޓީޒާ މިއަދު ދައްކާލައިފި އެވެ.
މި އަހަރުގެ ޑިސެމްބަރު 5 ގައި ސިނަމާތަކަށް ދޫކޮށްލަން ހަމަޖެހިފައިވާ މި ފިލްމަކީއަކީ މަރޫތީ ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
"ދަ ރާޖާސާބް" ގެ ކާސްޓްގައި މަލްވިކާ މޯހަނަން، ނިދީ އަގަރްވާލް، ސަންޖޭ ދަތު، ރިދީ ކުމާރު، މުރާލީ ޝަރުމާ، އަނޫޕަމް ކޭރް، ޒަރީނާ ވައްހާބް، ޔޯގީ ބާބޫ، ވަރަލަކްޝްމީ ސަރަތުކުމާރު އަދި ޖިއްޝޫ ސެންގުޕްތާ ހިމެނެ އެވެ. އަދި "ދަ ރާޖާ ސާބް" ގެ ވަރަށް ހާއްސަ ލަވައަކުން ނަޔަންރަތާ ވެސް ފެންނާނެ އެވެ.
"ބާހްބަލީ" ގެ ދެ ފިލްމުން ބޮޑު މަޝްހޫރު ކަމެއް ހޯދި ޕްރަބާސްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ހުރާފީ ސައިންސް ފިކްޝަން ފިލްމު "ކަލްކީ: 2898 އޭޑީ" އެވެ.
އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ސްޕިރިޓް" އާއި "ކަލްކީ" ގެ ދެވަނަ ބަޔާއި 2023 ގެ "ސަލާރު" ގެ ދެވަނަ ބައިގެ އިތުރުން "ފައުޖީ" ހިމެނެ އެވެ.