Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ކޯޓަށް ހާޒިރު ކުރަން ދުވަސްވީ އަންހެނަކު ހޯދަނީ

ސިވިލް ކޯޓަށް ހާޒިރު ކުރަން ދުވަސްވީ އަންހެނަކު ހޯދަން އިއުލާންކޮށްފި އެވެ.

ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ހޯދަނީ ތ. ވިލުފުށި، އަތަމާގޭ، ސާމިޔާ މުޙައްމަދު، 57، އެވެ.

ފުލުހުން އޭނަ ކޯޓަށް ހާޒިރުކޮށް ދޭން ޖެހެނީ އަންނަ ބުދަ ދުވަހުގެ ހެނދުނު 10:30 އަށެވެ.

އެހެންވެ ސާމިޔާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި ހިއްސާކޮށް ދޭން އެދިފައިވެ އެވެ.