Last Updated: June 8, 07:06
Monday, June 8, 2026
ޚަބަރު

އޭޝިއާ ޕެސިފިކް ސްޓީވީގެ އެވޯޑްތަކެއް އުރީދު އަށް

އޭޝިއާ ޕެސިފިކް 'ސްޓީވީ އެވޯޑްސް' ގައި އުރީދޫ މޯލްޑިވްސް އަށް ދެ އެވޯޑެއް ލިބިއްޖެ އެވެ.

އެ ކުންފުންޏަށް އެވޯޑުތައް ލިބުނީ ކަސްޓަމަރުންގެ ބޭނުންތަކަށް އަމާޒުކޮށްގެން ޒަމާނީ އަދި އީޖާދީ ޓެކްނޮލޮޖީތަކާއި ސޮލިއުޝަންތައް މެދުވެރިކޮށް ރާއްޖޭގެ ޑިޖިޓަލް މާހައުލު އަލުން ބައްޓަން ކުރުމުގައި އުރީދޫ މޯލްޑިވްސްގެ ދައުރު ފާހަގަކޮށެވެ.

އެގޮތުން އެކްސެލެންސް އިން އިނޮވޭޝަން އިން ޓެކްނޮލޮޖީ އިންޑަސްޓްރީޒްގެ ޝަރަފުވެރި ގޯލްޑް ސްޓީވީ އެވޯޑާއި އިނޮވޭޓިވް އެޗީވްމަންޓް އިން ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ސިލްވާ ސްޓީވީ އެވޯޑް އެއާ އެމްބިއުލާންސް އިނީޝިއޭޓިވް އުރީދު އަށް ލިބުނެވެ.

ރާއްޖޭގައި މިދިޔަ އަހަރު އަހަރު އަލަށްއެއާ އެމްބިއުލާންސް ހިދުމަތަށް ބޭނުންވާ 16 މިލިއަން ރުފިޔާގެ ތަކެތި އުރީދޫން ހަދިޔާކޮށްފައިވާކަން ފާހަގަކޮށްލެވެ އެވެ.

އުރީދޫއިން ބުނީ ޓެކްނޮލޮޖީގެ ކުރިއެރުމާއި، އިޖުތިމާއީ ޒިންމާއަދާ ކުރުމަށް އުރީދޫއިން ކުރަމުން އަންނަ މަސައްކަތުގެ އަގު ވަޒަންކޮށް، ބައިނަލްއަގްވާމީ ފެންވަރުގައި ބަލައިގަތުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑަކީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ 29 ގައުމެއްގައި މަސައްކަތުގެ މާހައުލުގައި އިނޮވޭޝަން ބަލައިގަންނަ ހަމައެކަނި ބިޒްނަސް އެވޯޑްސް އިނީޝިއޭޓިވް އެވެ.