Last Updated: June 18, 09:30
Wednesday, June 18, 2025
ޚަބަރު

ރިޓަޔާކުރާ އުއްތަމަފަނޑިޔާރަށް ބޮޑު އެލަވަންސް ފާސްކޮށްފި

ޝަރަފުވެރިކަމާ އެކު ރިޓަޔާކުރައްވާ އުއްތަމަފަނޑިޔާރަކަށް ގަނޑުކޮށް 500،000 އެެއްހާ ރުފިޔާއާ އެކު މަހަކު 70،000ރ. ގެ އިތުރު އެލަންސެއް ދިނުމާ މެދު ފިނޭންސް މިނިސްޓްރީ ލަފާ ހޯދުމާ އެކު ޕޭ ކޮމިޝަނުން ނިންމާ ގޮތަކަށް އަމަލު ކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

މިހާރު އުއްތަމަފަނޑިޔާރުގެ މަގާމުގައި ހުންނެވި މުއުތަސިމް އަދުނާން މިދިޔަ މެއި މަހު ރިޓަޔާ ކުރައްވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވަނީ ހުށަހަޅުއްވައިފަ އެވެ.

ރިޓަޔާމަންޓް އެލަވަންސް ދިނުމުގައި ހިދުމަތް ކުރި މުއްދަތުގެ ގޮތުގައި ފަނޑިޔާރު ކަމުގައި ހޭދަވި މުއްދަތުގެ އިތުރުން މުޅި ދައުލަތަށް ހިދުމަތް ކުރި މުއްދަތު ހިމެނުމަށް ހިމަނާފައިވެ އެވެ. އެހެންވެ އޭރުން މުއުތަސިމަށް މިހާރު ގަޑުކޮށް ލިބިވަޑައިގަންނަވަން އޮތް 185،100ރ. ގެ ބަދަލުގައި 493،600ރ. ލިބިވަޑައިގަންނަވާނެ އެެ.

ދަތުރުފަތުރުގެ އެލަންސް (ޑްރައިވަރެއްގެ މުސާރަ އާއި ޕެޓްރޯލް) އާއި ލިވިން އެލަވަންސަށް މަހަކު 70،000ރ. ހިމެނޭ ގޮތަށެވެ.