Last Updated: June 8, 07:06
Monday, June 8, 2026
ޚަބަރު

ލޯންޗެއްގެ ވިންޑް ސްކްރީން ތަޅައިގެން ގޮސް ގެއްލުންތަކެއް

ބާރަ މީހުންނާއެކު ދަތުރުކުރި ލޯންޗެއްގެ ވިންޑް ސްކްރީން ތަޅައިގެން ގޮސް ގެއްލުންތަކެއްވެއްޖެ އެވެ.

މެރިން ޕޮލިސް އިން ބުނީ އެ ހާދިސާ ހިނގީ މިއަދުގެ 08:08 ހާ އިރު އއ. އަތޮޅުން މާލެއަށް ދަތުރުކުރި "ސެނޯރާ ވޭކް" ނަމަކަށް ކިޔާ ލޯންޗެއްގައި ކަމަށެވެ. ލޯންޗްގެ ވިންޑްސްރީން ތަޅައިގެން ދިޔައީ ކ. ގިރާވަރު ކައިރިންނެވެ. އެ ހާދިސާގައި ލޯންޗް ތެރެއަށް ރާޅު ވެސް އަރާފައިވެ އެވެ.

އެ ހާދިސާގެ ރިޕޯޓް ލިބުމާ ގުޅިގެން ލޯންޗުން ދަތުރު ކުރި 12 މީހުން ރައްކާތެރި ކަމާއެކު މާލެ ގެންގޮސްފައިވާ ކަމަށް މެރިން ޕޮލިހުން ބުންޏެވެ.

ފުލުހުން ވަނީ މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށްވާތީ މޫސުމާ ބެހޭ މައުލޫމާތު ހޯދައިގެން ދަތުރު ކުރަން އިލްތިމާސްކޮށްފަ އެވެ.