Last Updated: June 18, 10:47
Wednesday, June 18, 2025
ޚަބަރު

ޑްރަގާ އެކު އަނެއްކާ ވެސް ދުވަސްވީ މީހަކު ހައްޔަރަށް

މަސްތުވާތަކެއްޗާ އެކު އަނެއްކާ ވެސް އުމުރުން ދުވަސްވީ މީހަކު ހައްޔަރުކޮށްފި އެވެ.

މި ފަހަރު ހައްޔަރުކޮށްފައި ވަނީ މާލެ/ދަފްތަރު ނަންބަރު 2689، ޢަލީ ޝަރީފް، 62، އެވެ.

ފުލުހުން އޭނަ ރ. އިނގުރައިދޫން ހައްޔަރުކުރީ ރަށުތެރޭގައި މަސްތުވާތަކެތި ގެންގުޅެ، އެތަކެތި ބޭނުންކޮށް އޭގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 14 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގަ އެވެ.

ފުލުހުން ބުނި ގޮތުގައި މި އޮޕަރޭޝަންގައި ޝަރީފު ހުއްޓުވައި ބަލައިފާސްކުރި އިރު މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ހަތަރު ސެލޯފިންކޮޅު ފެނިފައިވެ އެވެ.

މި މައްސަލައާ ގުޅިގެން އޭނަ ބަންދަށް ކޯޓުން 10 ދުވަސް ޖަހާފައިވާ އިރު، އިނގުރައިދޫ ޕޮލިސް ސްޓޭޝަނުން އަންނަނީ މިކަން އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި މަހުގެ 13 ވަނަ ދުވަހު ހުޅުމާލެއިިން މަސްތުވާތަކެއްޗާ އެކު 60 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެ އެވެ. އެއީ ހ. މެޑޯސްވީޓް، މާލެ، އަހުމަދު ޢަފީފު، 60، އެވެ.