ޕޮލިސް ކުލަބުން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކު ބާއްވާ ކޮމިޝަނަ އޮފް ޕޮލިސްގެ ވާދައިގެ ތައްޓަށް ކުޅެވޭ ފުޓްސަލް މުބާރާތް ފަށައިފި އެވެ.
ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ފެށި މި މި މުބާރާތް ކުރިއަށް ގެންދަނީ ދެ ޑިވިޝަނަކަށް ބަހާލައިގެންނެވެ. އެގޮތުން ފިރިހެން ޑިވިޜަންގެ 32 ޓީމާއި އަންހެން ޑިވިޜަންގެ އަށް ޓީމާއެކު ޖުމްލަ 40 ޓީމަކުން މި މުބާރާތުގައި ވާދަކުރެ އެވެ.
މުބާރާތުގައި ރޭޖުމްލަ އަށް މެޗު ކުޅެފައިވެ އެވެ. އެގޮތުން ފިރިހެން ޑިވިޝަންގައި ފަސް މެޗެއް އަދި އަންހެން ޑިވިޝަންގެ ތިން މެޗެއް ކުޅެފައިވެ އެވެ.
ސީޕީ ކަޕް ފުޓްސަލް މުބާރާތުގައި މިރޭ ވެސް އަށް މެޗެއް ކުޅުމަށް ހަމަޖެހިފައިވެ އެވެ.