Last Updated: June 8, 07:06
Monday, June 8, 2026
ޚަބަރު

ހެލްތު މިނިސްޓްރީ އަށް ޕީއެސްއެއް ހޯދަނީ

ހެލްތު މިނިސްޓްރީ އަށް ޕާމަނަންޓް ސެކްރެޓަރީއަކު ހޯދަން އިއުލާންކޮށްފި އެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ކުރި އިޢުލާނެއްގައި ބުނީ އެ މަގާމަށް ޝައުގުވެރިވާ މީހުންނަށް އެޕްލައޮ ކުރުމުގެ ފުރުސަތު އަންނަ މަހުގެ 6 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

ހެލްތު މިނިސްޓްތީ އަށް ޕީއެސްއެއް ހޯދަން އިއުލާންކުރީ މިހާރު އެ މަގާމުގައި ހުންނެވި އައިޝަތު ސާމިޔާގެ ދައުރު އަންނަ އޮގަސްޓް މަހުގެ 9 އަށް ހަމަވާތީ އެވެ. އޭނަ މަގާމަށް އައްޔަންކުރީ އޮގަސްޓް 10، 2020 ގަ އެވެ.

ޕީއެސްގެ އަސާސީ މުސާރަ އަކީ މަހަކު 20،500ރ. އެވެ. އަދި ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000ރ. ލިބޭނެ އެވެ.