ގައުމީ ފެންވަރުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ފުޑް ސެކިއުރިޓީ މަޝްރޫއު ފެށުމަށް ގއ. ކޮނޑޭ ކައުންސިލުން އެގްރިކަލްޗަ މިނިސްޓްރީއާ ބިން ހަވާލުކޮށްފި އެވެ.
އެ ބިން ހަވާލުކުުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކޮނޑޭ ކައުންސިލްގެ މެންބަރުންނާއި އެގްރިކަލްޗަ މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ ބައިވެރިވެވަޑައިގަތެވެ.
ގައުމީ ފެންވަރުގައި ކުރިޔަށް ގެންދާ ފުޑް ސެކިއުރިޓީ މަޝްރޫއުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ދަނޑުވެރިކަން ފުޅާކޮށް، މޭވާ އާއި ތަރުކާރީ އަދި ޕޯލްޓްރީ އުފައްދާ މިންވަރު އިތުރުކުރުމާއެކު އިމްޕޯޓަށް ބަރޯސާވާ މިންވަރު ކުޑަކުރުމެވެ.
ރާއްޖެއަށް ބޭނުންވާ މިންވަރަށް ކާބޯތަކެތި އުފެއްދުމަށާއި އިމްޕޯޓަށް ބަރޯސާވާ މިންވަރު މަދުކުރުމަށް ފުޑް ސެކިއުރިޓީ ގާއިމުކުރުމަށް އުތުރުތިލަފަޅުން ބިން ހިއްކައި، ދަނޑުވެރިކަން ކުރާނެ ޒޯނެއް ތަރައްގީކުރުމުގެ މަސައްކަތް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވަލޮޕްމެންޓް ފްރީ ޒޯން (އެމްއައިޑީ) އިން ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) އާ ވެސް ހަވާލުކޮށްފައިވެ އެވެ.