Last Updated: June 18, 09:41
Wednesday, June 18, 2025
ޚަބަރު

މެރިއޮޓް އިންޓަނޭޝަނަލްގެ އޯޕަން ޑޭ އައްޑޫގައި

މެރިއޮޓް އިންޓަނޭޝަނަލް އިން މި އަހަރު ފަށަން ނިންމާފައިވާ އެޕްރެންޓިސްޝިޕާ ގުޅޭ ގޮތުން މައުލޫމާތު ދޭން ކުރިއަށް ގެންދާ އޯޕަން ޑޭ އައްޑޫގައި މި ފަހަރު ވެސް ކުރިއަށް ގެންދަން ނިންމައިފި އެވެ.

އޯޕަން ޑޭ އައްޑޫގައި ކުރިއަށް ގެންދާނީ މި މަހުގެ 28 އާއި 29 އަށް އައްޑޫ ހައި ސްކޫލްގަ އެވެ. އެ ދެ ދުވަހު ސެޝަންތައް ކުރިއަށް ދާނީ ހެނދުނު 10:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށެވެ.

މެރިއޮޓް އިންޓަނޭޝަނަލްގެ މި އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ޔޫތު މިނިސްޓްރީން ހިންގަމުން އަންނަ އަންނަ ނެޝަނަލް އެޕްރެންޓިސްޝިޕް (ނެޕް) ގެެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގުރާމް ހާއްސަކޮށްފައި ވަނީ އޯ ލެވެލް ނުވަތަ އޭ ލެވެލް ފުރިހަމަކޮށްފައިވަ އުމުރުން 16-20 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.

މެރިއޮޓް އިންޓަނޭޝަނަލްގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ތެރެއިން މައިގަނޑު 8 ދާއިރާއަކުން ކުރިއަށް ދާން ފުރުސަތު ފަހިވެގެން ދާނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ފްރޮންޓް އޮފީސް، ހައުސްކީޕިން، ލޯންޑްރީ، ޕޭސްޓް އެންޑް ބޭކަރީ، އެފްއެންޑްބީ، ކޮމާޝަލް ކުކަރީ، ލައިފްގާޑިން އަދި އިލެކްޓްރިކަލް އިންސްޓަލޭޝަން އެންޑް މެއިންޓަނަންސް އެވެ.

ޓޫރިޒަމް ދާއިރާ އަށް ޒުވާނުން ބިނާކުރަން މެރިއޮޓް އިންޓަނޭޝަނަލް އިން ސިލްސިލާކޮށް ކުރިއަށް ގެންދާ އެފްރެންޓިސްޝިޕް ޕްރޮގްރާމަށް މި ފަހަރު ވެސް ބައިވެރިން ހޯދަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި އޯޕަންޑޭތައް ބާއްވައިގެންނެވެ.

އެހެންވެ އައްޑޫގައި ބާއްވާ އޯޕަންޑޭ އަކީ މި ސިޓީގެ ޒުވާނުންނަށް ކެރިއަރެއް ބިނާކުރަން ހުޅުވޭނެ ރަނުގެ ފުރުސަތަކަށް ވާނެ އެވެ.