Last Updated: June 19, 10:07
Thursday, June 19, 2025
ޚަބަރު

އެޗްއާރްސީއެމްގެ ދެކުނު އޮފީހަށް ޑިރެކްޓަރެއް ހޯދަނީ

ހިއުމަން ރައިޓްސް ކޮމިޝަނުން އައްޑޫ ހިތަދޫގައި ގާއިމުކޮށްފައިވާ ސަދަން ރީޖަން އޮފީހަށް ޑިރެކްޓަރަކު ހޯދަން އިއުލާންކޮށްފި އެވެ.

އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 25 އާ ހަމައަށެވެ.

ޑިރެކްޓަރުގެ ޝަރުތަކުގެ ތެރޭގައި ހިމެނެނީ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން މާސްޓާސް ޑިގްރީ ޙާޞިލްކޮށްފައިވުމާ އެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން، ހިންގުމުގެ އިސް މަޤާމެއްގައި މަދުވެގެން ދެ އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ ނުވަތަ.މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ބެޗްލާސް ޑިގްރީ ޙާޞިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއަކުން މަދުވެގެން ހަތަރު އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން ނުވަތަ އެސިސްޓެންޓް ޑިރެކްޓަރުގެ މަޤާމުގެ ޝަރުތު ހަމަވުމާއެކު، އެޗްއާރްސީއެމްގައި އަހަރު މަސައްކަތްކޮށްފައިވުމެވެ.

ޑިިރެކްޓަރުގެ އަސާސީ މުސާރަ އަކީ މަހަކު 13650ރ. އެވެ. މީގެ އިތުރުން ލިވިން އެލަވަންސް 3،000ރ. އާއި ސާވިސް އެލަވަންސަށް 3،500ރ. އާއި ފޯނު އެލަވަންސް 500ރ. ގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީ ގަޑީގައި މަސައްކަތްކޮށްފި ނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ލިބޭނެ އެވެ.

މި ވަޒީފާގެ ފުރުސަތާ ގުޅޭ އިތުރު މައުލޫމާތު 3003116 ނުވަތަ 3003114 އިން ހޯދޭނެ އެވެ.