ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލް އަންނަ މަހުގެ ތެރޭގައި ބޭނުން ކުރަން ފަށަން ތައްޔާރުވަމުން އަންނަ އިރު، އެ އެއާޕޯޓްގައި ޓޯބަލެސް ވެހިކަލްގެ ހިދުމަތް ފެށުމަށް ވެސް ތައްޔާރުވާން ފަށައިފި އެވެ،
މި ވެހިކަލްއަކީ އެއާޕޯޓްގެ އޭޕްރަން އިން ރަންވޭއަށް ފްލައިޓް ގެންދަން ބޭނުންކުރާ އެއްޗިއްސެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ އިންޑަސްޓްރީ-ސްޓޭންޑަޑްގެ ޓޯ-ބަލެސް ވެހިކަލް ބޭނުންކުރަން ތައްޔާރުވެފައިވާ ކަމަށާއި އެ ވެެހިކަލްތައް ދުއްވަން މުވައްޒަފުންތަކެއް ތަމްރީނުކޮށް ފައިނަލް ރިސްކް އެސެސްމަންޓަށް ވެސް ތައްޔާރުވެފައިވާ ކަމަށެވެ.
ޓޯބަލެސް ވެހިކަލް ބޭނުންކުރަން ފެށުމުން އެއާޕޯޓްގެ އޮޕަރޭޝަން އެފިޝިއަންސީ 60 ޕަސެންޓް އިތުރުވާނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ. އަދި މި ވެހިކަލްތަކަކީ މިހާތަނަށް ގެންގުޅުނު ވެހިކަލްތަކާ ހިލާފަށް ޑްރައިވަރަށް ވަށައިގެންވާ މާހައުލު ސާފުކޮށް ފެންނާނެ ކަހަލަ ވެހިކަލްތަކެކެވެ.
ޓޯބަލެސް ވެހިކަލަ ކޯޑް "ސީ" ގެ މަތިންދާ ބޯޓުން ފެށިގެން ކޯޑް "އީ" ގެ ހުރިހާ މަތިންދާބޯޓުތަކަށް ވެސް ހިދުމަތް ދެވޭނެ ވެހިކަލްތަކެއް ކަމަށް އެމްއޭސީއެލުން ބުންޏެވެ.