ރާއްޖޭގެ ކައުންސިލްތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ހޯދާ ކައުންސިލަކީ އައްޑޫ ސިޓީ ކައުންސިލް ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
ކައުންސިލުން މިއަދު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އޭނަ ވަނީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ކައުންސިލްތަކާ މެދު އިހާނެތިކޮށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ރައީސަށް ފާޑު ވެސް ވިދާޅުފަ އެވެ. އެގޮތުން ކައުންސިލްތަކުން ބޭކާރު ހަރަދުތައް ކިރާ ކަމަށް ރައީސް ވިދާޅުވެފައިވާތީ އެކަމާ ގުޅުވައި، ނިޒާރު ވިދާޅުވި އައްޑޫ ކައުންސިލަކީ ކޮންމެ އަހަރަކު ވެސް ބޮޑު އާމްދަނީއެއް ހޯދާ ކައުންސިލް ކަމަށެވެ.
އަދި ހޯދާ އާމްދަނީން އައްޑޫގެ މުހިއްމު ކަންކަމަށް ހޭދަކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އެގޮތުން ކައުންސިލްގެ އޮފީސްތަކާއޮ އައްޑޫގެ މިސްކިތްތައް ސޯލާކުރުން ފަދަ ކަންކަމަކީ ކައުންސިލުން ހޭދަކޮށްފެން ކިރަމުން އަންނަ ކަންކަން ކަމަށެވެ.
މޭޔަރު ވިދާޅުވީ އެންމެ ބޮޑު އާމްދަނީއެެއް ހޯދާ ކައުންސިލަކީ އައްޑޫ ކައުންސިލް ކަމަށް ވިދާޅުވަނީ ފެންނަން ހުރި ތަފާސްހިސާބުތަކަށް ރިއާޔަތްކޮށް ކަމަށާއި މިއީ ފެންނަން އޮތް ހަގީގަތެއް ކަމަށެވެ.