Last Updated: June 19, 10:07
Thursday, June 19, 2025
ޚަބަރު

ޔުމްނުގެ ހާދިސާގެ ރިޕޯޓް ރައީސަށް އަރުވައިފި

މިދިޔަ އެޕްރީލް މަހުގެ ތެރޭގައި މާލޭގެ އުސް އިމާރާތަކުން ހައްވާ ޔުމްނު ވެއްޓުނު މައްސަލައާ ގުޅިގެން އުފެއްދި އިންކުއަރީ ކޮމިޝަނުން، މަސައްކަތް ނިންމައި، އޭގެ ފައިނަލް ރިޕޯޓް ރައީސް ޑރ. މުޙައްމަދު މުއިއްޒަށް މިއަދު އަރުވައިފި އެވެ.

ޔުމްނު ވެއްޓުނު މައްސަލަ ބަލަން ކޮމިޝަން އުފެއްދީ އޭޕްރިލް 27 ގަ އެވެ. އެ ކޮމިޝަނުގެ ރައީސަކީ ކުރީގެ ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުހައްމަދު މުނައްވަރެވެ.

ހ. ފެންޓެނޯއީ ގެއިން ގުދަނެއްގެ ފުރާޅު މައްޗަށް ޔުމްނު ، 21، ވެއްޓިފައި ވަނީ އެޕްރީލް 18 ގަ އެވެ. އެ ހާދިސާގައި އޭނަ އަށް ލިބުނު އަނިޔާތަކަށް މެލެޝިއާގައި އަންނަނީ ފަރުވާ ދެމުންނެވެ.

އެ ހާދިސާއާ ގުޅިގެން ޔުމްނުއާ އެކު ކުޅުނު ރައުދު އަހުމަދު ޒިލާލުގެ މައްޗަށްް މިހާރު އޮތީ ދައުވާކޮށްފަ އެވެ.