Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ހަނިމާދޫގައި ބަނބުކެޔޮ ގަސް އިންދައިފި

ރާއްޖޭގައި ކާނާގެ ޔަޤީކަން އިތުރުކުރުމުގެ ގޮތުން ހިންގާ މަޝްރޫޢުގެ ތެރެއިން ހދ. ހަނިމާދޫގައި ބަނބުކެޔޮ ގަސްތަކެއް މިއަދު އިންދައިފި އެވެ.

އެ ހަރަކާތުގައި އެގްރިކަލްޗަ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވެސް ބައިވެރިވެވަޑައިގަތެވެ.

ހަނިމާދޫ ގައި ބަނބުކެޔޮ ގަސް ހެއްދުމަށްޓަކައި އެ ރަށުކައުންސިލަށް މިނިސްޓްރީން 50 ބަނބުކެޔުޮ ގަސް ހަދިޔާކޮށްފައިވެ އެވެ.
މި ހަރަކާތުގައި އެގްރިކަލްޗަ މިނިސްޓްރީ ބައެއް އިސްވެރިންނާއި ހަނިމާދޫ ކައުންސިލްގެ އިސްވެރިންނާއި މުވައްޒަފުން ވެސް ބައިވެރިވެފައިވެ އެވެ.

ރާއްޖޭގައި ފުޑް ސެކިއުރިޓީ ނުވަތަ ކާނާގެ ޔަގީންކަން) އިތުރުކުރުމަކީ މި ސަރުކާރުން ހާއްސަ އިސްކަމެއް ދީފައިވާ ކަމެކެވެ. އެހެންވެ އެގްރިކަލްޗަ މިނިސްޓްރީން އަންނަނީ ރާއްޖޭގައި ކާނާގެ ޔަޤީންކަން އިތުރުކުރުމަށް ކުރެވެންހުރި މަސައްކަތްތައް ރަށްރަށުގެ ކައުންސިލްތަކާއި، ކަމާ ގުޅުން ހުރި އެހެނިހެން އިދާރާތަކާ އެކީ މަސައްކަތްތަކެއް ކުރަމުންނެވެ.