Last Updated: June 10, 14:00
Wednesday, June 10, 2026
މުނިފޫހިފިލުވުން

ފާތިމާ އާއި މާދްވަންގެ ފިލްމު ޖުލައި 11 ގައި

ތަފާތު ލޯބީގެ ގުޅުމަކަށް ހަދާފައިވާ ފިލްމު "އާޕް ޖޭސާ ކޮއީ" ގެ އަންނަ މަހުގެ 11 ގައި ނެޓްފްލިކްސް އިން ޕްރީމިއާ ކުރަން ނިންމައި އޭގެ ޕޯސްޓަރެއް ވެސް ދައްކާލައިފި އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ޓީޒާއެއް ވެސް ދައްކައިލި މި ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ވެބް ކޮންޓެންޓް ގޮފި، ދަރުމެޓިކް އެންޓަޓައިމަންޓާއި ނެޓްފްލިކްސް ގުޅިގެން ގެނެސްދޭން ފިލްމެކެވެ.

ރޮމޭންޓިކް ޑްރާމާއެއްގެ ގޮތުގައި ގެނެސްދޭ "އާޕް ޖޭސާ ކޮއީ" ޑައިރެކްޓަރަކީ ދަރުމާގެ 2021 ގެ ރޮމޭންޓިމް ކޮމެޑީ "މީނާކްޝީ ސުންދޭޝްވަރް" ގެނެސްދިން ވިވެކް ސޯނީ އެވެ.

މި ފިލްމަކީ ފާތިމާ، 33، އާއި މާދްވަން، 55، އެކީގައި ކުޅުނު ފުރަތަމަ ފިލްމެވެ.