ކައުންސިލަރުންގެ އަދަދު މަދުކޮށް މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ގޮވާލައްވައިފިއެވެ.
ކައުންސިލަރުންގެ އަދަދު މަދުކޮށް، ސަރުކާރުން ކައުންސިލްތަކަށް ދޭ ގްރާންޓް ކުރަން ބާރަށު ދާއިރާގެ ޕިއެންސީގެ މެންބަރު އިބްރާހީމް ޝުޖާއު ހުށަހަޅުއްވާފައިވާ ގަރާރަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަނުން ނާޒިމު ވިދާޅުވީ މުހިންމީ ކައުންސިލަރުންގެ އަދަދު ނޫން ކަމަށާއި ބޭނުން ވަނީ އުފެއްދުންތެރި ކައުންސިލަރުންތަކެއް ކަމަށެވެ. ނާޒިމް ވިދާޅުވީ ރައްޔިތުން ވެސް ބޭނުން ވަނީ އުފެއްދުންތެރި، ގާބިލު އަދި ތައުލީމީ ކައުންސިލަރުން ކަމަށެވެ.
އެހެންވެ އެކަމަށް ތައުލީމީ ޒުވާނުންގެ ޝައުގުވެރިކަން އުފެދޭނީ އެކަށީގެންވާ މުސާރައެއް ވެސް ދެވިގެން ކަމަށް ނާޒިމު ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ ކައުންސިލަރުންނަށް ދޭ މުސާރައަކީ ބޮޑު މުސާރައަކަށް ނުވާ ނަމަ އެ ރަށްރަށަށް ޚިދުމަތްކުރާކަށް ކޮލިޓީ ހުރި، ކިޔަވައިގެން ތިބި މީހުންނެއް ނާންނާނެ. ކަމަށެވެ.