ކ. އަތޮޅުގައި ތަރައްގީ ރަމުން އަންނަ ރަށް ގިލި މޯލްޑިވްސް ރިސޯޓް ޑިސެމްބަރ މަހު ހުޅުވަން ނިންމައިފި އެވެ.
ސިކްސް އެންޑް ސިކްސް ޕްރައިވެޓް އައިލެންޑްސް އިން ތަރައްގީކުރާ މި ރިސޯޓަކީ 74 ޕްރައިވެޓް ޕޫލް ހިމެނޭ އަދި އެންމެ ޒަމާނީ ފެންވަރަށް، ގިނަ ވަސީލަތްތަކާއި ހިދުމަތްތައް ލިބޭ ގޮތަށް ތަރައްގީ ކުރަމުން އަންނަ ރިސޯޓެކެވެ.
ސިކްސް އެންޑް ސިކްސް އިން ބުނީ ރަށް ގިލި އަކީ ޓޫރިސްޓުންނަށް ވަރަށް ހިތްގައިމު މާހައުލަކާ އެކު، ވަރަށް ތަފާތު ތަޖުރިބާތަކެއް ކުރެވޭނެ ތަނެއް ކަމަށެވެ. އަދި މިއީ ލަގްޒަރީ މާކެޓަށް އަންނާނެ ވަރަށް ވެސް ފުރިހަމަ ރިސޯޓަކަށް ވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ރަށް ގިލި ޑިސެންބަރުގައިު ހުޅުވަން ނިންމާފައިވާ އިރު، ސިކްސް އެންޑް ސިކްސް އިން އަންނަނީ ރާއްޖޭގައި އިތުރު ރިސޯޓެއްވެސް ތަރައްގީ ކުރަމުންނެވެ. އަންނަ އަހަރު ހުޅުވަން ހަމަޖެހިފައިވާ އެ ރިސީޓަކީ ދޮން މާގަ މޯލްޑިވްސް އެވެ.