ރަސްމީ ދަތުރެއްގައި މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމު މިއަދު ޗައިނާ އަށް ފުރާވަޑައިގެންފި އެވެ.
މަޖިލީހުގެ އިދާރާ އިން ބުނީ މިއީ 9 ވަނަ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯ އާއި 6 ވަނަ ޗައިނާ-ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ޗައިނާގެ ކުންމިންއަށް މިއަދު ފުރާވަޑައިގެންފިއެވެ.
ޗައިނާ-ސައުތު އޭޝިއާ ފޯރަމާއި އެކްސްޕޯ ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ޗައިނާގެ ކުންމިންގަ އެވެ. އެ އެކްސްޕޯ އަކީ، ޗައިނާ އާއި ދެކުނު އޭޝިއާގެ ގައުމުތަކުގެ ވިޔަފާރި އާއި އިގުތިސާދާ ގުޅޭ ގޮތުން ފުޅާކޮށް މަޝްވަރާކުރުމަށް ފަހިކޮށްދޭ ބައްދަލުވުމެކެވެ.
މި ދަތުރުގައި، ޗައިނާ-ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމާއި ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯގައި ނާޒިމް ތަގުރީރު ކުރައްވާނެ އެވެ.
ނާޒިމްގެ މި ދަތުރަކީ ޗައިނާއިން ހުރިހާ ޚަރަދެއް ދޭ ގޮތަށް ކުރައްވާ ދަތުރެކެވެ.
މި ދަތުރުގައި އޭނައާ އެކުވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އާއި ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރާއި ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމްދީދީގެ އިތުރުން ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު ބައިވެރިވެވަޑައިގަންނަވަ އެވެ.