ހައްވާ ޔުމްނު އުސް އިމާރާތަކުން ވެއްޓުނު މައްސަލައިގެ ހަގީގަތް ހޯދަން ރައީސް އުފެއްދެވި އިންކްއަރީ ކޮމިޝަންގެ ރިޕޯޓް އާންމުކޮށްފި އެވެ.
ކޮމިޝަންގެ ރިޕޯޓް ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިއަދު ހެނދުނު ފޮނުވުމާ އެކު ރައީސް ވަނީ އެ ރިޕޯޓް އާންމުކުރަން ވެސް އަންގަވައިފަ އެވެ.
އެ އެންގެވުމާ ގޮތަށް ރިޕޯޓް މިހާރު ވަނީ އާންމުކޮށްފަ އެވެ. މި ރިޕޯޓް ރައީސް އޮފީހުގެ ވެބްސައިޓް އިން presidency.gov.mv/Pages/dv/297 ބަލައިލެވޭނެ އެވެ. އަދި ޕީޑީއެފް ފޯމެޓްގައި ޑައުންލޯޑް ކުރެވޭނެ އެވެ.