މި މަހު އައްޑޫގައި ބާއްވަން ހަމަޖެހިފައިވާ އުރީދޫ މޯލްޑިވްސްގެ "ފަން ރަން' ގައި ބައިވެރިވެވަޑައިގަތުމުގެ އާ ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީހަށް ދީފި އެވެ.
ސީޕީ އަށް އެ ދައުވަތު ދެއްވީ އުރީދޫގެ މެޖޭޖްމަންޓުން އިސް ސީޕީގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިތާރަތުގަ އެވެ.
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައ އޮތް ބައްދަވުމުގައި، އާންމު ރައްޔިތުންނަށް ފޯރުކޮށްދެވޭ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމާއި، އާންމުންގެ ރައްކާތެރިކަން ކަށަވަރުކު ރުމުގައި އުރީދޫ މޯލްޑިވްސް އާއި ދިވެހި ފުލުހުންގެ ޚިދުމަތާ ދެމެދު އިތުރަށް ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން މަޝްވަރާ ވެސް ކޮށްފައިވެ އެެވެ.
ރާއްޖޭގައި ބާއްވާ އެންމެ މަގުބޫލު ދުވުންތަކުގެ ތެރޭގައި ހިމެނޭ އުރީދޫގެ "ފަން ރަން" ގައި ބައިވެރިވެވަޑައިގަތުމަށް އެ ކުންފުނިން ސީޕީ އަށް ދައުވަތު ދިން އިރު، އެ ހަރަކާތް ބާއްވަން ނިންމާފައި ވަނީ މި މަހުގެ 27 ގަ އެވެ.
"ފަން ރަން" ގައި ބައިވެރިވާން ދިން ސުންގަޑި ހަމަވެފައި ވަނީ މި މަހުގެ 15 އަށެވެ.
އުރީދޫން މިދިޔަ އަހަރު އެ ހަރަކާތް ބޭއްވީ ފުވައްމުލަކުގަ އެވެ.