ރާއްޖެ އިން މި އަހަރު ހައްޖަށް ދިޔަ ހުރިހާ ހައްޖުވެރިން އައިސް ނިމިއްޖެ އެވެ.
ހާޖީންގެ ފަހު ގްރޫޕް އައީ އިއްޔެ އެވެ. ހައްޖާޖީން ރާއްޖެ އައީ ދުވަސްމަތިންނެވެ. އެގޮތުން ފުރަތަމަ ގްރޫޕް މި މަހުގެ 13 ގައި ދެވަނަ ގްރޫޕް 14 ގައި އަދި ތިން ވަނަ ގްރޫޕް އައީ 16 ގަ އެވެ.
މި އަހަރު ރާއްޖެ އިން ހައްޖަށް ދިޔައީ 1،000 މީހުންނެވެ. އެ ހުރިހާ އެންމެން ވެސް ހައްޖަށް ދިޔައީ މިދިޔަ އަހަރެކޭ އެއްގޮތަށް ހައްޖު ކޯޕަރޭޝަންގެ ހަވާލުގަ އެވެ.
ހައްޖުގެ މަތިވެރި އަޅުކަމަށް ފަހު ހައްޖުވެރިން އަންނަން ފެށުމާ ދިމާކޮށް އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލްގައި ފްލޫ ކްލިނިކްތަކެއް ގާއިމުކޮށްފައިވެ އެވެ.
މި އަހަރަކީ ދިވެހި ހައްޖުވެރިންނަށް ވަރަށް ބޮޑެތި ލުއިތަކެއް ލިބުނު އަހަރެކެވެ. އެގޮތުން ހައްޖުގެ ހުރިހާ އިންތިޒާމުތަކެއް ވަރަށް ބޮޑަށް ފަަސޭހަކޮށްފައިވެ އެވެ. ހާއްސަކޮށް ސައުދީ އަރަބިއްޔާ އަށް މި އަހަރު ހައްޖުވެރިން ފުރީ "މައްކާ ރޫޓް އިނިޝިއޭޓިވް" ގެ ދަށުން ކަމަށްވާތީ ދަތުރު ކުރަން ޖެހުނު ވަގުތު ވަރަށް ބޮޑަށް ކުރުވެފައިވެ އެވެ.