Last Updated: June 20, 06:28
Friday, June 20, 2025
ޚަބަރު

ހެޔޮއެދޭ ފަރާތަކުން ވިލިމާލޭގައި މިސްކިތެއް ބިނާ ކުރަނީ

ހެޔޮ އެދޭ ފަރާތަކުން ވިލިމާލޭގައި ޒަމާނީ މިސްކިތެއް ބިނާކޮށް ދޭން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމު އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާ ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ ވިލިމާލެ ޒަމާންވީ މަސްޖިދުއްސަލާމް މިސްކިތް ހުރި ތަނުގައި ޒަމާނީ ބޮޑު މިސްކިތެއް ބިނާކުރުމަށް ހެޔޮ އެދޭ ފަރާތަކުން ޝައުޤުވެރިކަން ފާޅުކުރައްވާފައިވާތީ ދެ އަހަރު ތެރޭ ނިންމާ ގޮަށްއް އެ ފަރާތާ ޙަވާލު ކުރަން ނިންމާފައިވާ ކަމަށެވެ.

"މިސްކިތް ބިނާކުރެވިގެން ދާނީ ޤުރުއާން ކިޔަވައި ދިނުމާއި އިލްމީ ކަންކަމަށް ބޭނުންކުރެވޭ ކްލާސްރޫމްތައް ވެސް ހިމެނޭހެން." ޝަހީމު ވިދާޅުވި އެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރު ވެސް ހެޔޮއެދޭ ވަރަށް ގިނަ ފަރާތްތަކުން އަންނަނީ މިސްކިތްތައް ބިނާ ކުރަމުންނެވެ. އަދި މިފަދަ އެންމެ ގިނަ މަޝްރޫއުތައް އެއް ތަނެއްގައި ކުރިއަށްދާ ތަނަކީ ހުޅުމާލެކަން ފާހަގަކޮށްލެވެ އެވެ.

ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި އަމިއްލަ ފަރާތްތަކުން ބިނާކޮށްފައިވާ މިސްކިތްތައް ވަރަށް ގިނަ އެވެ.