Last Updated: June 20, 06:28
Friday, June 20, 2025
މުނިފޫހިފިލުވުން

ޝިވާންގީ އާއި ކުޝާލްގެ ގުޅުން ނިމުމަކަށް

އެންގޭޖްވާން އުޅޭކަމުގެ އަޑުތަކެއް ވެސް އަރާފައި ވަނިކޮށް އިންޑިއާގެ މަޝްހޫރު ޓީވީ ތަރިން ކަމަށްވާ ޝިވާންގީ ޖޯޝީ އާއި ކުޝާލް ޓަންޑަންގެ ގުޅުން ނިމުމަކަށް އަތުވެއްޖެ އެވެ.

މިކަން ކަށަވަރުކޮށްދީ އިންސްޓަގްރާމް ސްޓޯރީ ޕޯސްޓެއްގައި ކުޝާލް، 40، އިއްޔެ ބުނީ އޭނަ އާއި ޝިވާންގީ، 26. ގެ ގުޅުން މީގެ ފަސް މަސް ކުރިން ނިމުމަކަށް އައިސްފައިވާ ކަމަށެވެ.

ޝިވާންގީ އާއި ކުޝާލް ވަނީ އެކީގައި ސިލްސިލާއެއް ވެސް ކުޅެފަ އެވެ. އެއީ ސޮނީ ޓީވީން ޖުލައި 10، 2023 އިން ފެބްރުއަރީ 16، 2024 އަށް ގެނެސްދިން "ބަރުސާތޭ: މޯސަން ޕިޔާރު ކާ" އެވެ. ޝިވާންގީ މިހާރު ފެންނަނީ ސޮނީން އަލަށް ފެށި "ބަޅޭ އައްޗޭ ލަގްތޭ ހޭ" ގެ އާ ސީޒަނުންނެވެ.

ސްޓާ ޕްލަސްގެ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ" ގައި ކުރިން ނައިރާގެ ރޯލު ކުޅެގެން މަޝްހޫރުވި ބަތަލާ ކުރިން އޭގެ ބަތަލު މުހްސިން ޚާން، 33، އާ ވެސް ރައްޓެހިވި އެވެ.

ކުޝާލް ކުރިން ބަތަލާ ގޯހަރް ޚާނާ ވަރަށް ސީރިއަސް ލޯބީގެ ގުޅުމެއް ބޭއްވި އެވެ. ގޯހަރް، 41، ވަނީ "ހަމް ދިލް ދޭ ޗުކޭ ސަނަމް" އާއި "ދޭވްދާސް" ފަދަ ފިލްމުތަކުގެ މިއުޒިކް ޑައިރެކްޓަރު އިސްމާއީލް ދަރުބާރުގެ ދަރިފުޅު، ޒައިދު ދަރުބާރާ 2020 ގައި ކައިވެނިކޮށްފަ އެވެ. އެ ކައިވެންޏަށް ވަރަށް އަވަހަށް ދެވަނަ ދަރިޔަކު ވެސް ލިބޭނެ އެވެ.