Last Updated: June 8, 07:06
Monday, June 8, 2026
ޚަބަރު

ދިއްދޫ ފުުހުން ތަހުގީގަކަށް ހުޅުދޫ މީހަކު ހޯދަނީ

ހއ. ދިއްދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން އައްޑޫ ހުޅުދޫ މީހަކު ހޯދަން އިއުލާންކޮށްފި އެވެ.

ތަހުގީގަށް ހާޒިރު ކުރަން ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދު ކުރެވިފައި ނުވާތީ ހޯދަން އިއުލާންކުރީ ހުޅުދޫ، މުރަނގަމާގޭ ސަމްޝާދު މުޙައްމަދު، 43، އެވެ.

އެހެންވެ އޭނަ މި މަހުގެ 24 ވަނަ ދުވަހު މެންދުރު ފަހު 1:00 އަށް މާލޭގެ ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން އަށް ހާޒިރުވާން އަންގާފައިވެ އެވެ.