Last Updated: June 20, 06:28
Friday, June 20, 2025
ޚަބަރު

އައްޑޫ ހޮސްޕިޓަލްގައި ފްލޫ ކްލިނިކެއް

މި ދުވަސްވަކޮޅު ރޯގާ އިތުރުވަމުން ދިއުމާއި ހައްޖާޖީން ވެސް އެނބުރި ރާއްޖެ އައިސްފައިވާތީ އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ފްލޫ ކްލިނިކެއް ގާއިމުކޮށްފި އެވެ.

އެތަނުގެ ހިތްފަހި ކްލިނިކްގައި ގާއިމުކުރި ފްލޫ ކްލިނިކްގެ ހިދުމަތް ދޭން ފަށާނީ މިއަދު މެންދުރު ފަހު 3:00 އިން ފެށިގެންނެވެ. އެގޮތުން މިއަދުން ފެށިގެން ކޮންމެ ދުވަހަކު އެ ގަޑިން ފެށިގެން ރޭގަނޑު 10:00 އާ ހަމައަށް ފްލޫ ކްލިނިކް ހުޅުވިފައި ހުންނާނެ އެވެ.

އެހެންވެ ހުން އައުމާއި ކެއުސުމާއި ކަރުތެރެ ހަލާކުވުމާއި ނޭފަތުން ފޭބުމާއި ނޭވާލާން އުނދަގޫވުން ފަދަ އެއްވެސް ކަމެއް ކުރިމަތިވާ ނަމަ ފްލޫ ކްލިނިކަށް ޒިޔާރަތްކޮށް ހިދުމަތް ހޯދަން އޭއީއެޗުން އެދިފައިވެ އެވެ.

ހޮސްޕިޓަލަށް ދާ އިރު މާސްކް އެޅުމަށް ވެސް އިލްތިމާސްކޮށްފައިވެ އެވެ.