ސްރީ ލަންކާގެ ޓިވެކްގައި ރަޖިސްޓްރީކޮށްފައިވާ މަތީ ތައުލީމު ދޭ ބައެއް މަރުކަޒުތައް ސަސްޕެންޑްކޮށްފައިވާ ކަމަށް މޯލްޑިވްސް ކުއަލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން ބުނެފި އެވެ.
އެތަނުގެ ގެ ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދު ވިދާޅުވީ ލަންކާގެ ޓިވެކްގައި ރަޖިސްޓްރީކޮށްފައިވާ މަތީ ތައުލީމުދޭ ބައެއް މަރުކަޒުތައް ސަސްޕެންޑް ކޮށްފައިވާ އިރު އޭގެ ތެރޭގައި އޭގެ ތެރޭގައި މެޓްރޯޕޮލިޓަލް ކޮލެޖާއި އީސޮފްޓް ގެ ހުރިހާ ކެމްފަސްތައް ހިމެނޭ ކަމަށެވެ.
އެމްކިއުއޭ އިން ބުނީ، އެ މަރުކަޒުތަކުގައި އެއްވެސް ދިވެއްސަކު ތައުލީމު ހާސިލުކުރަމުންދާ ނަމަ ވީހާ ވެސް އަވަހަކަށް އެ އޮތޮރިޓީއަށް މި މެއިލް recognition@mga.gov.mv މެދުވެރިކޮށް އަންގައި ދޭނެ އެދޭ ކަމަށެވެ.
އަދި އެ މަރުކަޒުތަކުގެ ޕްރޮގްރާމުތަކުގައި މި ވަގުތު އިތުރަށް އެންރޯލްވެގެން މަތީ ތައުލީމު ހާސިލުކުރަން ނުފެށުމަށް ވެސް އިލްތިމާސްކޮށްފައިވެ އެވެ.