ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދުގެ ބަންދު އަމުރު ދަމަހައްޓަން ސުޕްރީމް ކޯޓުން ވެސް މިއަދު ނިންމައިފި އެވެ.
އޭނަ ޝަރީއަތް ނިމެންދެން ބަންދުކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުުމުން އެ ކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުން ވަނީ ޝައްމާން މިނިވަންކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ކަނޑައަޅައިފަ އެވެ.
ޝަމްއާަށް ފުލުހުން ކުރާ ތުހުމަތަކީ ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ތުހުމަތެވެ. ދަށު ކޯޓުގެ އަމުރަށް ތާއީދުކޮށް ހައި ކޯޓުން ކުރި އަމުރުގައި ބުނެފައި ވަނީ މަނީ ލޯންޑަރިންގެ ތުހުމަތެއް އޮވެއްޖަ ނަމަ އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީ) ގެ ބައިވެރިވުމެއް ނެތި ވެސް އެ މައްސަލަ ފުލުހުންނަށް ބެލިދާނެ ކަމަށެވެ.
އެކަމަކު ކޮރަޕްޝަންގެ މައްސަލަތައް ބަލަން އުފައްދާފައިވާ އޭސީސގެ ބައިވެރިވުމެއް ނެތި ފުލުހުންނަށް އެކަނި ވެސް ކޮރަޕްޝަންގެ މައްސަލަތައް ބެލޭނެ ކަމަށް ކަނޑައަޅައި ހައި ކޯޓުން ނެރުނު އަމުރު ބާތިލުކުރަން ސުޕްރީމް ކޯޓުން މިއަދު ވަނީ ނިންމައިފަ އެވެ.
ޝަމްއާން ހައްޔަރުކުރީ، ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމުން އޭނާ މާޗް 20، ގައި ވަކި ކުރުމަ ށްފަހު ޖެހިގެން އައި ދުވަހެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތަކީ ބިދޭސީއަކު ހިފެހެއްޓުމަށްފަހު އޭނާގެ އަތުން ރިޝްވަތުގެ ގޮތުގައި ފައިސާ ނެގުމެވެ.