Last Updated: June 20, 06:28
Friday, June 20, 2025
ޚަބަރު

މާފަންނު ބޮޑުގެ އާ މިސްކިތް ހުންނާނެ ގޮތް

މާފަންނު "ބޮޑުގެ" ވަގުތީ މިސްކިތް ހުރި ތަނުގައި ޒަމާނީ ފެންވަރަށް ބިނާކުރަން ނިންމާފައިވާ މިސްކިތް ހުންނާނެ ގޮތުގެ އާ ކުރެހުންތަކެއް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު މިއަދު ސޯޝަލް މީޑިއާގައި ހިއްސާކުރައްވައިފި އެވެ.

މި މިސްކިތުގެ ވާހަކަ މިނިސްޓަރު ފުރަތަމަ ހިއްސާކުރެއްވީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

އޭރު ޝަހީމު ވިދާޅުވީ ތިން ބުރީގެ އެ މިސްކިތް އަޅާނީ ޤުރުއާނުގެ އިލްމު އުނގަންނައި ދެވޭ ގޮތަށް ކްލާސް ރޫމާއި ލައިބްރަރީވެސް ހިމެނޭ ގޮތަށް ކަމަށެވެ. އޭނަ ވިދާޅުވީ މި މަޝްރޫއު ކުރިއަށް ގެންދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން އެމަނިކުފާނުގެ ތަޞައްވުރާ އެއްގޮތަ ކަމަށެވެ.

މިއީ މިނިސްޓްރީ އާއި ހެޔޮ އެދޭ ފަރާތްތަކެއް ގުޅިގެން ބިނާކުރަން ހަމަޖެހިފައިވާ މިސްކިތެކެވެ،