"ބެލެނިވެރިންގެ ހޮޅުއަށި"ގެ ނަމުގައި ހާއްސަ ސެޝަނެއް މިރޭ ހުޅުމާލޭގައި ބާއްވަން ނިންމައިފި އެވެ.
ޔޫތު މިނިސްޓްރީން އިންތިޒާމުކުރާ މި ސެޝަންގައި ގުޅުންތައް ދެނެގަތުމާއި ގުޅޭގޮތުން ބެލެނިވެރިންނަށް މައުލޫމާތު ދޭނެއެވެ. ސެޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މިރޭ 08:00-09:30 އަށް ހުޅުމާލެ ފޭސް 2، ޓަވަރު 8 ގަ އެވެ.
ސެޝަން ނަންގަވައި ދެއްވާނީ ޑރ. މާރިއާ އަލީ އެވެ.
"ބެލެނިވެރިންގެ ހޮޅުއަށި" އަކީ ބެލެނިވެރިންނަށް މުހިންމު ތަފާތު މައުޟޫއުތަކާ ބެހޭގޮތުން މަޝްވަރާކުރުމުގެ މަގުސަދުގައި ބާއްވާ ސެޝަންތަކެއް ކަމަށް މިނިސްޓްރީޏް ބުންޏެވެ.
މިރޭގެ ސެޝަންގައި ބައިވެރިވުމަށް ބޭނުންވާ މީހުން ރަޖިސްޓްރީވުމުގެ ފުރުސަތު އޮތީ ހުޅުވާލައިފަ އެވެ.