Last Updated: July 25, 06:01
Saturday, July 25, 2026
ޚަބަރު

ދޮގު ބަޔާނާ ގުޅިގެން ދާއޫދު ވަކިކޮށްފި

ވައްހާ ޔުމްނު ވެއްޓުނު މައްސަލައިގައި، ރައުދު އަހުމަދު ޒިލާލްގެ ބޭބެ، ރައީސް އޮފީހުގެ އަންޑަ ސެކެޓްރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީ އަހުމަދު ދާއޫދު ތަހުގީގަށް ދޮގު ބަޔާން ދީފައިވާތީ މަގާމުން ވަކިކޮށްފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ސޯޝަލް މިޑިއާގައި ވިދާޅުވީ ދާއޫދު ވަކިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ އޭނާ ތަހުގީގަށް ދޮގު ހެދިކަން މި މައްސަލައާ ގުޅިގެން އެމަނިކުފާނު އެކުލަވާލި ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި ބަޔާންކޮށްފައިވާތީ ކަމަށެވެ.

އިއްޔެ އާންމުކުރި ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައި ވަނީ ދާއޫދު ހޯމްލޭންޑްމިނިސްޓަރު އަލީ އިހުސާނަށް ގުޅައި މެސެޖު ކުރި ނަމަވެސް، ކޮމިޝަނުގެ ތަހުގީގުގައި އެފަދަ ކަމެއް ކޮށްފައި ނުވާނެ ކަމަށް ބުނެ ދޮގު ހަދާފައިވާ ކަމަށެވެ. އަދި ޔުމްނު ވެއްޓިފައި އޮތްކަމުގެ މައުލޫމާތު އެނގި ތިބެ އެކަން ކަމާބެހޭ ފަރާތްތަކަށް ދާއޫދު އަންގާފައި ނުވާކަން ވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

ދާއޫދު ވަކިކުރަން ނިންމި އިރު އޭނަ ހުރީ މަގާމުން ސަސްޕެންޑުކޮށްފަ އެވެ. މިދިޔަ އެޕްރީލް މަހުގެ 24 ގައު އޭނަ ސަސްޕެންޑުކުރީ ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔަ ފޮޓޯތަކުގެ މައްސަލައެއްގަ އެވެ.

ގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ދާއޫދަކީ ޔޫތު އެޑްވައިޒަރީ ބޯޑްގައި ވެސް ހިމެނުނު މެންބަރެކެވެ.