ރާއްޖޭގައި މުސްތަގުބަލެއް އޮތް ހަމައެކަނި ސިޔާސީ ޕާޓީ އަކީ އެމްޑީޕީ ކަމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ދޫކޮށްލައްވައި އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދ ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްގެ މެންބަރުން ހިމެނޭ ގޮތަށް އަލުން އެމްޑީޕީއާ ގުޅެން ނިންމުމާ ގުޅިގެން އެކަމަށް މަރުހަބާ ވިދާޅުވެ، ކުރީގެ ފޮރިން މިނިސްޓަރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީ މާޒީގެ އަޅުންނަށް ނުވާނެ ކަމަށެވެ.
"އަޅުގަނޑުމެން އަބަދުވެސް އަމާޒު ހިފަން ވާނީ މުސްތަޤްބަލަށް. ކާމިޔާބު ލިބޭނީ އެކުވެރިވެ އެކުގައި މަސައްކަތްކޮށްގެން ކަމީ ދުނިޔަވީ ޙަޤީގަތް،" ޝާހިދު ވިދާޅުވި އެވެ.
ދަ ޑިމޮކްރެޓްސް ގެ މެންބަރުން އެނބުރި އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ނިންމެވި ނިންމެވުމަށް މަރުޙަބާ ކިޔަން.
އަޅުގަނޑުމެންނަކީ މާޒީގެ އަޅުން ކަމަށް ވެގެން ނުވާނެ. އަޅުގަނޑުމެން އަބަދުވެސް އަމާޒު ހިފަންވާނީ މުސްތަޤްބަލަށް. ކާމިޔާބުލިބޭނީ އެކުވެރިވެ އެކުގައި މަސައްކަތްކޮށްގެން…
— Abdulla Shahid (@abdulla_shahid) June 18, 2025
އޭނަ ވަނީ ރާއްޖޭގެ އެހެން ސިޔާސީ ޕާޓީތަކުގެ މެންބަރުންނާއި، ޤައުމުގެ މިސްރާބު ހަމަ މަގަށް ގެންދިއުމަށް ކެތްމަދުވެފައި ތިއްބެވި އެންމެހައި ރައްޔިތުންވެސް އެމްޑީޕީ އާއި ގުޅިވަޑައިގަތުމަށް ވެސް ގޮވާލައްވައިފަ އެވެ.
"ރާއްޖޭގައި މުސްތަޤްބަލެއް އޮތް ހަމައެކަނި ސިޔާސީ ޕާޓީއަކީ އެމްޑީޕީ." ޝާހިދު ވިދާޅުވި އެވެ.