ރާއްޖެއިން ބޭރަށް ކިޔަވަންދާ ދަރިވަރުންނަށް އަމާޒުކޮށްގެން ކިއު ސްޓަޑީން ބާއްވާ އެޑިއުކޭޝަން އެކްސްޕޯ މާދަމާ ފެށޭނެއެވެ.
ބާސެލޯ ނަސަންދުރާގައި މި މަހުގެ 20 އަދި 21 ވަނަ ދުވަހު އޮންނަ އެކްސްޕޯގައި ބޭރުގެ 30 އަށް ވުރެ ގިނަ ޔުނިވާސިޓީން ބައިވެރިވާނެ ކަމަށް އެކްސްޕޯ އިންތިޒާމް ކުރާ ކިއު ސްޓަޑީއިން ބުނެއެވެ.
އަދި އެކްސްޕޯ އޮންނާމޯ 20 އަދި 21 ވަނަ ދުވަހު ހަވީރު 6:00 އިން ރޭގަނޑު 10:00 އަށެވެ. މި އެކްސްޕޯގައި މި ޔުނިވަސިޓީތަކުން ދިވެހި ދަރިވަރުންނަށް ލިބެން ހުރި ފުރުސަތުތަކުގެ މައުލޫމާތުތައް ފޯރުކޮށްދޭނެ އެވެ.
ކިޔު ސްޓަޑީއިން ބުނި ގޮތުގައި އެހެން ފަރާތްތަކާއި ހުރި އެންމެ ބޮޑު ތަފާތަކީ ކިޔު ސްޓަޑީ އިން ކިޔަވަންދާ ދަރިވަރާ ބާއްވާ ގާތްކަމެވެ.
އެގޮތުން ޔުނިވަސިޓީއާއި ކިޔަވަން ދާން ބޭނުންވާ ދަރިވަރާއި ދެމެދު ބަދަލުކުރެވޭ ލިޔެކިޔުންތަކުގެ އެންމެހާ ކަންކަމުގައި އެހީތެރިވުމާއި އަދި ޕްލޭސްމަންޓް ކަށަވަރުވުމަށް ފަހުވެސް އެހީތެރިކަން ދެމިގެންދާނެ ކަމަށް ކިޔު ސްޓަޑީ އިން ބުންޏެވެ
ބައެއް އެކްސްޕޯތަކުގައި ދަރިވަރުންނަށް ޔުނިވަސިޓީ ޕްލޭސްމަންޓް ލިބުމުން އެއީ އެފަރާތްތަކުގެ ޒިންމާ ނިމުނީ ކަމަށް ބަލާ ދަރިވަރުން އެކަން ދޫކޮށްލަ އެވެ
ނަމަވެސް ކިޔު ސްޓަޑީ އިން ބުނީ ޕްލޭސްމަންޓް ކަށަވަރުވުމުން އަދި އެފަރާތުގެ ޒިންމާ ނިމުނީ ކަމަށް ގަބޫލުނުކުރާ ކަމަށެވެ
އެ ގޮތުން ދަރިވަރު މާލެއިން ފުރުމާއި އަދި ކިޔަވަންދާ ގައުމުގައި ކިޔެވުން ފަށައިގަތުމުގެ ކުރިން ދިމާވާ ކަންކަމުގައި އެހީތެރިވެ ދިނުމަކީވެސް އެފަރާތުގެ ޒިންމާއެއް ކަމަށް ގަބޫލުކޮށް އެފަދަ އެހީތެރި ކަމަށް އެދޭ ދަރިވަރުންނަށް އެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ކިޔު ސްޓަޑީ އިން ބުނެފައިވެ އެވެ
މިގޮތަށް ކިޔު ސްޓަޑީގެ ފަރާތުން ފޯރުކޮށްދޭ އެހީތެރިކަން އެ ދަރިވަރުންނަށް ލިބިގެންދާނީ މުޅިން ހިލޭ ލިބޭ ހިދުމަތެއްގެ ގޮތުގައި ކަމަށްވެސް ވަނީ ބުނެފަ އެވެ.
މިއީ މި ފަހަކަށް އައިސް ބޭއްވޭ މަތީ ތައުލީމާ ބެހޭ އެންމެ ބޮޑު އެކްސްޕޯ އެވެ. ރާއްޖެއިން ބޭރަށް ކިޔަވަން ދާން ބޭނުންވާ ކޮންމެ ދަރިވަރަކަށް މި އެކްސްޕޯ މިއީ ވަރަށް ތަފާތު ތަޖުރިބާއަކަށް ވާނެ ކަމަށް ކިޔު ސްޓަޑީ އިން ބުނެފައިވެއެވެ.