މުރަކަ ހިމާޔާޔަތްކޮށް ރާއްޖޭގެ ފަރުތަކުގެ ރައްކާތެރިކަމަށް މަސައްކަތް ކުރާ ޖަމިއްޔާތަކަށް ޔޫއެންޑީޕީން ދޭ މާލީ އެހީ އަށް އެދުމުގެ ފުުރުސަތު އަައްޑު އާއި ފުވައްމުލަކުގެ ފަރާތްތަކަށް ހުޅުވާލައިފި އެވެ.
މިއީ މުރަކަ އާއި ދިރިއުޅުމަށް ފައިދާ ހުރި މަޝްރޫޢުތަކަށް ހާއްސަކޮށްގެން ފަށާފައި އޮތް "މޯލްޑިވްސް ރީފް ގްރާންޓް" ގެ ދަށުން ދޭ ހިލޭ އެހީގެ ޕްރޮގްރެމެވެ. އެހީ އަށް އެދުމުގެ ފުރުސަތު މި މަހުގެ 30 ހަމައަށް އޮތީ ހުޅުވާލައިފަ އެވެ.
އެހީގެ ގޮތުގައި ކޮންމެ ފަރާތަކަށް ވެސް 375،000ރ. އާ ހަމައަށް އެހީ ލިބޭނެ އެވެ.