Last Updated: June 21, 09:29
Saturday, June 21, 2025
ޚަބަރު

'އެލައިޑް ފެސްޓް' މާދަމާ އައްޑޫގައި

އެލައިޑްގެ އިންޝުއަރެންސްގެ ހިދުމަތަށް 40 އަހަރުވެފައިވާތީ އެކަމާ ގުޅުވައިގެން މާދަމާ އައްޑޫގައި ހާއްސަ އިވެންޓެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.

"އެލައިޑް ފެސްޓް އައްޑޫ 2025" ގެ ނަމުގައި އާއިލާތަކަށް ހާއްސަކޮށްގެން ބާއްވާ އިވެންޓް އޮންނާނީ ހިތަދޫ ސިޓީ ސްކެއާގަ އެވެ. އިވެންޓް ކުރިއަށް ދާނީ ހަވީރު 4:00 އިން 6:00 އަށެވެ.

އެލައިޑުން ބުނީ މި އިވެންޓްގެ ތަފާތު ހަރަކާތްތަކުގައި ބައިވެރިވެގެން ހަދިޔާތައް ހޯދުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ. އެހެންވެ ވީހާ ވެސް ގިނަ އާއިލާތަކުން ކުޑަކުދިން ގޮވައިގެން ފެސްޓަށް ދާން އެދިފައިވެ އެވެ.

އައްޑޫ އަކީ އެލައިޑްގެ ގޮތްޕެއް ވެސް ހިންގަމުން އަންނަ ސިޓީއެކެވެ. އެލައިޑްގެ އައްޑޫ އޮފީސް ހުންނަނީ ހިތަދޫގަ އެވެ.