ހަށިވިއްކި ކަމުގެ ތުހުމަތުގައި މާލެ އިން ތައިލެންޑްގެ އަންހެނަކު ހައްޔަރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން ބަރަހަނާ ހާލުގައި ހުއްޓައި ހައްޔަރުކޮށްފައި ވަނި ޕޯންނިޕާ ސުޖާ، 34، އެވެ.
އޭނަ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އަންގާރަ ދުވަހު ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެ އެވެ.
ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުައި އެ އަންހެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ބަރަހާނާ ހާލަތުގައި އިތުރު މީހަކާއި އެކު ހުއްޓަ އެވެ. އަދި ހަށިވިއްކާ ކަމަށް ތުހުމަތުކުރެވޭ އިތުރު ކަންކަން ތަހުގީގަށް ހޯދިފައިވާ ކަމަށް ވެސް ބުންޏެވެ.
ޕްރިސެކިޔުޝަންއާ ހަވާލާދީ ބަންދު އަމުރުގައިވާ ގޮތުން އަންހެން މީހާ މައްޗަށް ތުހުމަތުކުރެވޭ ކުށަކީ އިންތިޒާމުވެގެން، ބޮޑު ނެޓު ވޯކެއްގެ ތެރެއިން ގުޅިގެން ހިންގަމުންދާ ކުށްތަކެއްކަމަށް ތަހުގީގަށް ފާހަގަވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި މައްސަލައާއގުޅިގެން އިތުރު ތަހުގީގުތަކެއް ކުރިއަށް ގެންދާ ކަމަށް ފުލުހުން ބުންޏެވެ.
މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ހަށިވިއްކުމުގެ ތުހުމަތުގައި ބޭރުގެ އެތައް ބަޔަކު ހައްޔަރުކޮށް، ބައެއް މީހުން ޑީޕޯޓް ވެސްކޮށްފައިވެ އެވެ.