Last Updated: July 26, 09:27
Sunday, July 26, 2026
ޚަބަރު

އޭއީއެޗްގައި ރެސްޓޯރަންޓެއް ހިންގަން އަލުން ބީލަމަށް

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ރެސްޓޯރަންޓެއް ހިންގާނެ ބަޔަކު ހޯދަން އަލުން ބީލަމަށް ހުޅުވާލައިފި އެވެ.

އެތަނުން ބުނީ ރެސްޓޯރަންޓެއް ހިންގައި ކިއޮސްކެއް ހިންގާނެ ބަޔަކު ހޯދަން އަލުން ހުޅުވައިލީ ކުރިން ހުޅުވައިލި ފުރުސަތުގައި އެއްވެސް ބަޔަކު ކުރިމަތިލާފައި ނުވާތީ ކަމަށެވެ.

އެހެންވެ އަލުން ހުޅުވާލައި އަންނަ މަހުގެ 1 އާ ހަމައަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވެވޭނީ މި މަހުގެ 23 އާ ހަމައަށެވެ. ރަޖިސްޓްރީ ވާނީ މި މެއިލް [email protected] މެދުވެރިކޮށެވެ

މިކަމާ ގުޅޭ ގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަނެއް މި މަހުގެ 24 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި ހޮސްޕިޓަލްގައި އޮންނާނެ އެވެ.