Last Updated: June 21, 09:21
Saturday, June 21, 2025
ޚަބަރު

މިއުޒިކީ ފަންނާނު މެލްބެ ނިޔާވެއްޖެ

ރާއްޖޭގައި އެންމެ ފުރަތަމަ މިއުޒިކް ބޭންޑްތައް އުފައްދައިގެން މިއުޒިކް ކުޅުނު ފަންނާނުންގެ ތެރޭގައި ހިމެނޭ، އުސްހަކުރު އަހްމަދު ވަހީދު (މެލްބެ) މިއަދު ނިޔާވެއްޖެ އެވެ.

އުމުރުން 76 އަހަރުގައި ނިޔާވީ ހިތުގެ ބައްޔާއި ކިޑްނީ ފެއިލްވެ ޑައިލަސިސް ފަރުބާ ހޯދަމުންދާތާ ގިނަ ދުވަސްތަކެއް ފަހުންނެވެ.

މެލްބެގެ ޖަނާޒާ އޮތީ މިއަދުގެ މެންދުރުގެ ނަމާދަށް ފަހު، އާސަހަރާ މިސްކިތުގަ އެވެ.

މެލްބެއަކީ 1960 އިން ފެށިގެން މިއުޒިކީ ދާއިރާގައި ހަރަކާތްތެރިވަމުން އަައި ފަންނާނެކެއެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ވިޔަފާރީގެ އުސޫލުން މިއުޒިކް ކުޅެން ފެށި ބޭންޑްތަކުގެ ތެރޭގައި ހިމެނޭ "ސިލޫޓްސް" ގައި މެލްބެ އިސް ދައުރެއް އަދާކުރި އެވެ. އަދި މެލްބެއަކީ ވަރަށް ހިނަނ މިއުޒިކް އިންސްޓްރޫމަންޓްތަކަށް ވަރަށް ފަރިތަ ފަންނާނެކެވެ.