Last Updated: June 21, 09:29
Saturday, June 21, 2025
ޚަބަރު

"މަތީ އަރުތަވެރިންގެ އިނާމު" 21 އާއި 22 ގައި

އޯ ލެވެލް އާއި އޭ ލެވެލް މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް ދޭ "މަތީ އަރުތަވެރިންގެ އިނާމު" ދިނުމުގެ ޖަލްސާތައް އަންނަ ހަފުތާގައ ބާއްވަން ނިންމައިފި އެވެ.

އެޑިއުކޭޝަން އެ ހަފުލާތައް ބާއްވާނީ މި މަހުގެ 21 އާއި 22 ގައި ކަމަށެވެ.

ޖުމްލަ ފަސް ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި ރަސްމިއްޔާތު އޮންނާނީ ސޯޝަލް ސެންޓަރުގަ އެވެ. އެ ރަސްމިއްޔާތުގައި އޯ ލެވެލް އަދި އޭ ލެވެލް އިން 1 ވަނަ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި، އޭ ލެވެލް އިން 1 ވަނަ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސޮކޮލަޝިޕްގެ އިތުރުން އޭ ފާސް ނުވަތަ އެއަށް ވުރެ މަތިން ހޯދާ ދަރިވަރުންނަށް ދެވޭ ހައި އެޗީވާސް ސްކޮލަޝިޕް ހަވާލުކުރުން އޮންނާނެ އެވެ.

ސާނަވީ އަދި މަތީ ސާނަވީ ނިންމި އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން، 1،800 އަށްވުރެ ގިނަ ދަރިވަރުން މި ރަސްމިއްޔާތުގައި މަތީ އަރުތަވެރިންގެ އިނާމު ޙާޞިލު ކުރާނެ އެވެ.