Last Updated: June 21, 09:38
Saturday, June 21, 2025
ޚަބަރު

ހައްޖު ކޯޕަރޭޝަންގެ އެމްޑީގެ މައްސަލައެއް އޭސީސީ އަށް

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލުގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިއަދު ހުށަހަޅައިފި އެވެ.

އެ މައްސަލަ ހުށަހެޅީ އަހުމަދު ސަލީމް (މާޒް ސަލީމް) އެވެ.

އޭނަ ހުށަހެޅި މައްސަލަ ހުށަހެޅީޝަކީލްގެ މަންމަ އާއި ބައްޕަގެ އިތުރުން އޭނާގެ ކޮއްކޮ ވެސް މި އަހަރު ހައްޖަށް ދިޔަ އިރު، ސަރުކާރުގެ ހަރަދުގައި އެ ކުންފުނީގެ ވެރިންނާއި ބޯޑު މެންބަރުން ވެސް ކިއުގައި ނުޖެހި ހައްޖަށް ދިޔަ ކަމަށް ބުނެ އެ އެ އެވެ.

މައްސަލައިގައިވާ ގޮތުން ޝަކީލްގެ ކޮއްކޮ ހައްހޖަށް ދިޔައީ އެހީތެރިއެއްގެ ގޮތުގަ އެވެ. އަދި އެހީތެރިން ހޮވުމުގައި ވަކި ލިސްޓެއް ހަދައިގެން ވެރިކަން ކުރާ ޕީއެންސީ އަށް ނިސްބަތްވާ ފުރުސަތު ދީފައިވާ ކަމަށް ވެސް މާޒް ސަލީމުގެ ތުހުމަތުކޮށްފައިވެ އެވެ.

މީގެ އިތުރުން ކުރިއަށް އޮތް އުމުރާ ދަތުރަށް ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ދާ އެންމެންގެ ވިސާ ނަގަމުން ދަނީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝެއިހް އަލީ ޝަރީފުގެ އަމިއްލަ ކުންފުންޏެއް މެދުވެރިކޮށް ކަމަށް ވެސް މައްސަލާގައި ބުނެފައިވެ އެވެ.

މިދިޔަ އަހަރު ވެސް ޝަކީލުގެ މައްޗަށް މިފަދަ ގޮތަކަށް އަމަލުކޮށް، މަގާމުގެ ނުފޫޒު ބޭނުންކުރި ކަމަށް ތުހުމަތުތަކެއް ކުރެވުނެވެ.