Last Updated: June 21, 06:02
Saturday, June 21, 2025
ޚަބަރު

އެމްޑީޕީގެ ބޮޑު ޓީމެއް ފުވައްމުލަކަށް

ޕާޓީގެ ހަރަކާތްތައް ވަރުގަދަ ކުރަން އެމްޑީޕީން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އެ ޕާޓީގެ ބޮޑު ޓީމެއް މިއަދު ފުވައްމުލަކަށް ފުރައިފިި އެވެ.

އެ ޓީމުގައި އިސްކޮށް ހުންނެވީ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދެވެ. ފުވައްމުލަކަށް އެމްޑީޕީން ކުރާ ދަތުރުގައި އެ ޕާޓީގެ ބައެެއް މަޖިލިސް މެންބަރުން ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި ޕީޖީ ގްޕޫރްގެ ލީޑަރު އިބްރާހިމް ނާޒިލް ވެސް ހިމެނެ އެވެ.

އެމްޑީޕީން ބުނީ ފުވައްމުލަކަށް ކުރާ މި ދަތުރަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތްތައް ވަރުގަދަ ކުރުމުގެ ގޮތުން ޕާޓީގެ މެންބަރުންނާ ބައްދަލު ކުރަން ކުރާ ދަތުރެއް ކަމަށެވެ.

ދާދި ފަހުން ޝާހިދު ބޮޑު ޓީމަކާ އެކު އައްޑު އަށް ވެސް ވަޑައިގަތެވެ، އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އުތުރުގެ ބައެއް އަތޮޅުތަކުގެ ރަށްތަކަށް ވަޑައިގެންނެވި އެވެ.